އުޅޭއުޅުމުގައި ކުރެވޭ ކަންކަމުން މަރުދުވަހާއި ހަމަޔަށް އޭގެ ވާހަކަ އާއި އަސަރު ދެމިހުންނަ ކަންތައްތައް ކުރެވެއެވެ. ހަމަ އެހެންމެ ހެނދުނަށް ފަރިވެފޮޅިލާ ހަވީރަށް މޯޅިވާ މަލެއްފަދައިން އެކަމެއްގެ އަސަރު ކެނޑޭ ކަންތައްތައްވެސް ކުރެވިފައި ހުރެއެވެ.
ކޮންމެއަކަސް ދައްކަން މިއުޅެނީ ދެމާނަ ދޭހަވާފަދަ ފަލްސަފީ ވާހަކައެއް ނޫނެވެ.
އަހަންނަކީ ހުސައިން ސަފްރާޒް، ސ. ހިތަދޫ އެވެ. މިއަދު ކުރަން ގަސްތުކޮށްގެ ހުރި ކަންތަށް މި ޕެރެގްރާފުން ފަށައިގަންނަމެވެ. ދުނިޔެއާއި ގުޅުވައިދޭ މި މައި ދޮރާށިން އަހަރެން އަބަދުމެ ފަޙުރުވެރިވާ އަދި އެބަހެއް ނުހަނު ބޮޑަށް އުނގެނެން ބޭނުންވާ މަމެންގެ ދިވެހިބަހުން އަމިއްލަ ލިޔުންތަކެއްލިޔުމުގެ އުންމީދުގައި މި ބޮލޮގްގައި ލިޔަން ފަށައިގަންނަމެވެ.
އެއްވެސް ޙާލެއްގައި މިކަން މިކުރަންފަށްނީ ދިވެހި ބަހުގައި ފުންނާބު އުސްވެގެނެއްނޫނެވެ. ބުނާތީ އަޑުއަހަމެވެ. ބަސްދިރުވަން ބޭނުންވަނީ މަމެންކަހަލަ ދިވެހި ޒުވާނުންނެވެ. ވައިލެޓްމަލާ، އަސުރުމާ އަދި ޑެއިޒީމާ ފަދަ އަދަބީ މާތައްވެއްޓި މިއަދު މިވަނީ އައު މުޑުވައްތަކަކަށް ބޭނުންވެފައެވެ.
ލިޔުމަކީ އެއް އިރެއްގައިވެސް މާކުރާހިތަކުން ކުރި ކަމެއްނޫނެވެ. ފަރަންޖީ ބަހާއި ދިވެހި ލެޓިން އަކުރުން ބޮލޮގް ލިޔާތާ މިހާރު 8 އަހަރެއްހާ ދުވަސް ވަނީއެވެ. އެކަމުން އަހަންނަށް އެތަށް ގިނަ ގޮތްގޮތުން ކުރި އެރުމާއި މީހުންގެ ތައުރީފް ލިބުނެވެ. އަދިވެސް ޔަ ޤީންކަމާއި އެކު ބުނަންނޭނގޭ ކަމަކީ މީހުން އަހަރެންގެ ލިޔުމަށް ތައުރީފް އޮހުރުވާލި ސަބަބުތަކެވެ. އިނގޭހާވެސް ކަމަކީ ސާއިރު ކުރެވުނު ލިޔުންތަށް މީހުން ބަލައިގަތްކަމެވެ. ފަހަރެއްގައި މިއީ އަޅިއަކަށް ވެދާނެއެވެ. އެހެނެއްކަމަކު ހަޤީޤަތްވާނީ ހަޤީޤަތަށެވެ.
ވީމާ މި މައިޒާނަށް ޒިޔާރަތްކުރުމަށް ދައުވަތުއަރުވަމުން މިވަގުތަށް ވަކިވެލަމެވެ.
އިޙްތިރާމް ގާބޫލުކުރެއްވުންއެދެމެވެ.
އހ
No comments:
Post a Comment