Monday, December 2, 2024
PHOTO STORY: HULHUMALE EID CELEBRATION
![]() |
ޢީދު ފާހަގަކުރުން: ބޮޑު މަސް ހަރަކާތަކީ އެންމެންގެ ސަމާލުކަން ދަމައިގަތް ހަރަކާތް---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން |
![]() |
ޢީދު ފާހަގަކުރުން: ކޮސްޓިއުމް ---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން |
ހާއްސައެހީއަށް ބޭނުންވާ މީހުން:- ތަފާތުގޮތެއްގައި ކުޅެދުންތެރި މީހުން، މުޖުތަމަޢުގެ ނަޒަރު ބަދަލުކުރަނޖެހޭ!
ދިވެހި މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ހާއްސަ އެހީއަށްބޭނުންވާ މީހުންނަކީ މެދު ދެކޭގޮތް ބަދަލުކުރަން ޖެހިފައިވާކަމީ ގަބޫލުކރަންޖެހިފަ އޮތް ހަގީގަތެކެވެ. ގިނަ މީހުން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުއަށް ބުރައަކަށްވާ ބައެކެވެ. ނަމަވެސް، މިއީ ހަގީގަތާ ޚިލާފު ވިސްނުމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ގާބިލުކަން ހުރި، މުޖުތަމަޢުއަށް ފައިދާހުރި ޚިދުމަތްތަކެއް ކުރެވިދާނެ ބައެކެވެ.
"އަހަރެންނަކީ އެޕިލެޕްސީގެ ބަލި ހުރި މީހެއް. އެކަމަކު އެއީކީ އަހަރެންގެ ހުވަފެންތައް ހާސިލުކުރުމަށް ހުރަހެއް ނޫން. މުޖުތަމަޢުގެ ގިނަ މީހުން ދެކޭގޮތުގައި އަހަރެންނަކީ ނުކުޅެދޭ މީހެއް. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫން. މީހުންގެ ވިސްނުން ބަދަލުކުރަން ޖެހޭ." މިހެން ބުނަނީ 25 އަހަރުގެ ޒުވާނެއް ކަމުގައިވާ އިޖްލާ އެވެ
އިޖްލާއަކީ ހިތްވަރުގަދަ، ކެރުންތެރި ޒުވާނެކެވެ. އޭނާގެ ނުކުޅެދުންތެރިކަމަކީ އޭނާގެ ކުރިމަގު ބިނާކުރުމަށް ު ބިނާކުރުމަށް ހުރަހަކަށް ނުވާނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިގައި އެބަހުއްޓެވެ. އޭނާގެ ހުވަފެނަކީ މުޖުތަމައުގައި ކަންކަން ރަނގަޅުކުރާ، ނައްސި ވިސްނުންތައް ފައްސި ވިސްނުމަށް ބަދަލުކުރަން މަަސއްކަތްކުރާ، އެހެން މީހުންނަށް އަމާން އޮމާން އުފާވެރި ދިރިއުޅުމަކަށް މަގު ކޮށައިދޭ ލައިފް ކޯޗަކަަށްވުމެވެ. އަދި އެކަން ހާސިލުކުރުމަށް މިހާރުވެސް އޭނާދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ލައިފްކޯޗިން ކޯހެއް އޭނާވަނީ ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން އއާރްޑީސީގެ އޮފިސަރެއްގެ ވަޒީފާ އޭނާ އަދާކުރަމުންދަނީ، ނުހަނު ގާބިލްކަމާއި އެކުގައެވެ. އިޖްލާގެ ވާހަކައިން އެނގިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމަޢުގެ ނޭދެވޭ ނަޒަރުކަމެވެ. ގިނަ މީހުން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ، އަބަދުވެސް އެހެން މީހުންގެ އެހީއަށް ބޭނުންވާ ބައެކެވެ. ނަމަވެސް މިއީ ހަގީގަތާ އެއްގޮތަކަށްވެސް ދިމާނުވާ ވިސްނުމެކެވެ.
ލީވާންގެ ނޫސްވެރިކަމުގެ ރަން ޒަމާން އަދި އޮތީ ކުރިއަށް!
ރާއްޖޭގެ 'ތަޖުރިބާކާރު ނޫސްވެރިން'ގެ ރަން ޒަމާން ނިމި، ނޫސްވެރިންގެ އައު ޖީލެއް މިއަދު މިވަނީ މަސައްކަތަށް ނިކުމެފައެވެ.
ނޫސްވެރިކަމުގެ ޒަމާނީ ވައްޓަފާޅި ކިޔަވައިގެން، އެތަޖުރިބާކުރަމުން، ނޫސްވެރިކަމުގެ ހަމަތަކާއި މިންތަކުގެ ތެރެއިން އާ ނޫސްވެރިން ވަޒީފާގެ ބާޒާރަށް ނިކުންނަކަމީ، ދޮގުޚަބަރު ފެތުރުން އާއްމުވެފައިވާ މި ޒަމާނުގައި ދިއްލާލެވޭ އުއްމީދުގެ ހުޅުކޮޅެކެވެ. މި ޒުވާން ނޫސްވެރިންގެ ތެރެއިން އެކަކީ މިހާރު 'އަދަދު' ނޫހުގައި މަސައްކަތްކުރާ އައްޑު އަތޮޅަށް އުފަން ލީވާން އަލީ ނަސީރެވެ.