Monday, December 2, 2024

ހާއްސައެހީއަށް ބޭނުންވާ މީހުން:- ތަފާތުގޮތެއްގައި ކުޅެދުންތެރި މީހުން، މުޖުތަމަޢުގެ ނަޒަރު ބަދަލުކުރަނޖެހޭ!

 


ދިވެހި މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ހާއްސަ އެހީއަށްބޭނުންވާ މީހުންނަކީ މެދު ދެކޭގޮތް ބަދަލުކުރަން ޖެހިފައިވާކަމީ ގަބޫލުކރަންޖެހިފަ އޮތް ހަގީގަތެކެވެ.  ގިނަ މީހުން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުއަށް ބުރައަކަށްވާ ބައެކެވެ. ނަމަވެސް، މިއީ ހަގީގަތާ ޚިލާފު ވިސްނުމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ގާބިލުކަން ހުރި، މުޖުތަމަޢުއަށް ފައިދާހުރި ޚިދުމަތްތަކެއް ކުރެވިދާނެ ބައެކެވެ.


"
އަހަރެންނަކީ އެޕިލެޕްސީގެ ބަލި ހުރި މީހެއް. އެކަމަކު އެއީކީ އަހަރެންގެ ހުވަފެންތައް ހާސިލުކުރުމަށް ހުރަހެއް ނޫން. މުޖުތަމަޢުގެ ގިނަ މީހުން ދެކޭގޮތުގައި އަހަރެންނަކީ ނުކުޅެދޭ މީހެއް. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫން. މީހުންގެ ވިސްނުން ބަދަލުކުރަން ޖެހޭ." މިހެން ބުނަނީ 25 އަހަރުގެ ޒުވާނެއް ކަމުގައިވާ އިޖްލާ އެވެ
.

އިޖްލާއަކީ ހިތްވަރުގަދަ، ކެރުންތެރި ޒުވާނެކެވެ. އޭނާގެ ނުކުޅެދުންތެރިކަމަކީ އޭނާގެ ކުރިމަގު ބިނާކުރުމަށް ު ބިނާކުރުމަށް ހުރަހަކަށް ނުވާނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިގައި އެބަހުއްޓެވެ. އޭނާގެ ހުވަފެނަކީ މުޖުތަމައުގައި ކަންކަން ރަނގަޅުކުރާ، ނައްސި ވިސްނުންތައް ފައްސި ވިސްނުމަށް ބަދަލުކުރަން މަަސއްކަތްކުރާ،  އެހެން މީހުންނަށް އަމާން އޮމާން އުފާވެރި ދިރިއުޅުމަކަށް މަގު ކޮށައިދޭ ލައިފް ކޯޗަކަަށްވުމެވެ.  އަދި އެކަން ހާސިލުކުރުމަށް މިހާރުވެސް އޭނާދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ލައިފްކޯޗިން ކޯހެއް އޭނާވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން އއާރްޑީސީގެ އޮފިސަރެއްގެ ވަޒީފާ އޭނާ އަދާކުރަމުންދަނީ، ނުހަނު ގާބިލްކަމާއި އެކުގައެވެ. އިޖްލާގެ ވާހަކައިން އެނގިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމަޢުގެ ނޭދެވޭ ނަޒަރުކަމެވެ. ގިނަ މީހުން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ، އަބަދުވެސް އެހެން މީހުންގެ އެހީއަށް ބޭނުންވާ ބައެކެވެ. ނަމަވެސް މިއީ ހަގީގަތާ އެއްގޮތަކަށްވެސް ދިމާނުވާ ވިސްނުމެކެވެ.



"އަހަރެންނަށް ވެސް އެހެން މީހުންނެކޭ އެއްފަދައިން ކަންތައްތައް ކުރެވޭ. ހަމައެކަނި ތަފާތަކީ ބައެއް ކަންކަމުގައި ތަންކޮޅެއް ގިނަ ވަގުތު ނަގާކަން. އެކަމަކު އެކަމަކީ މައްސަލައެއް ނޫން. މުހިންމީ ނަތީޖާ ނެރެވޭކަން." އިޖްލާ ބުނެއެވެ.


އިޖްލާގެ ހިތްވަރުގަދަކަމާއި ކެރުންތެރިކަމަކީ އޭނާގެ އާއިލާގެ ބޮޑު ސަޕޯޓެއް އޮތުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއެވެ.

"އަހަރެންގެ މަންމައާއި ބައްޕަ އަބަދުވެސް ބުނޭ އަހަރެންނަށް ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމަށް. އެ ބޭފުޅުންގެ އެ ޔަގީންކަމަކީ އަހަރެންނަށް ވަރަށް ބޮޑު ހިތްވަރއިޖްލާގެ ހިތްވަރުގަދަކަމާއި ކެރުންތެރިކަމަކީ އޭނާގެ އާއިލާގެ ބޮޑު ސަޕޯޓެއް އޮތުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުސަތު ދިނުމަކީ މުޖުތަމަޢުގެ ޒިންމާއެކެވެ. އެމީހުންނަކީވެސް ގާބިލު، ހުނަރުވެރި ބައެއްކަން ގަބޫލުކުރަން ޖެހެއެވެ. އިޖްލާ ފަދަ ޒުވާނުންނަށް ބޭނުންވަނީ ހަމައެކަނި ފުރުސަތެވެ. އެ ފުރުސަތު ދިނުމަކީ އަޅުގަނޑުމެން އެންމެންމެން އެންމެންގެވެސް ޒިންމާއެކެވެ. އެމީހުންނަށް އެ ފުރުސަތު ލިބިއްޖެނަމަ، މުޖުތަމަޢުއަށް ފައިދާހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރެވޭނެކަން ކަށަވަރެވެ.


"
މުޖުތަމަޢުގެ ކޮންމެ މީހަކުވެސް ވިސްނަންވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް އިންސާނުންކަން. އަޅުގަނޑުމެންނަށްވެސް އުފާވެރިކަމާއި ހިތާމަ އިހުސާސްވޭ. އަޅުގަނޑުމެންގެވެސް އުންމީދުތަކާއި ހުވަފެންތައް އެބަހުރި. އަޅުގަނޑުމެންނަށްވެސް މުޖުތަމަޢުއަށް ޚިދުމަތް ކުރެވޭނެ." އިޖްލާ ބުނެއެވެ.

އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރަން ޖެހެއެވެ. އެމީހުންނަކީވެސް މުޖުތަމަޢުގެ ބޭނުންތެރި ބައެއްގެ ގޮތުގައި ދެކެން ޖެހެއެވެ. އޭރުން އިޖްލާ ފަދަ ޒުވާނުންނަށް އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މުޅި މުޖުތަމަޢުއަށް މީގެ ފައިދާ ކުރާނެއެވެ. ނުކުޅެދުންތެރިކަމަކީ ހުރަހެއް ނޫނެވެ. އެއީ ހަމައެކަނި ތަފާތު ގޮތަކަށް ދިރިއުޅުމުގެ ގޮތެކެވެ. އަޅުގަނޑުމެން އެންމެން މިކަން ގަބޫލުކޮށް، ހުރިހާ އިންސާނުންނަކީވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކެން ދަސްކުރަން ޖެހެއެވެ.

ގުރޫޕް އެސައިމަންޓް: ޝަހްޒާ، ހަނާން، އަލްޔާ، އިޔާދް އަދި ޝަފްރާޒް

No comments:

Post a Comment