Monday, December 2, 2024

VIDEO STORY: Nukulhedhun therikamakee huraheh noon!

 




PHOTO STORY: HULHUMALE EID CELEBRATION

މިއީ 1446 ވަނަ އަހަރުގެ ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލެގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބޭއްވި އާއިލީ ހަވީރެކެވެ.




ޢީދު ފާހަގަކުރުން: ފިތުރު ޢީދުގެ މުނާސަބަތުގައި އެޗްޑީސީން ބޭއްވި ދިވެހި ސަޤާފީ ހަވީރުގެ ތެރެއިން. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާއި އާއިލާތަކަށް ބޭއްވޭ މަދު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން 

ޢީދު ފާހަގަކުރުން: ބޮޑު މަސް ހަރަކާތަކީ އެންމެންގެ ސަމާލުކަން ދަމައިގަތް ހަރަކާތް---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން 


ޢީދު ފާހަގަކުރުން: ކޮސްޓިއުމް ---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން 


ޢީދު ފާހަގަކުރުން: ފިތުރު ޢީދުގެ މުނާސަބަތުގައި އެޗްޑީސީން ބޭއްވި ދިވެހި ސަޤާފީ ހަވީރުގެ ތެރެއިން. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާއި އާއިލާތަކަށް ބޭއްވޭ މަދު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން 


ޢީދު ފާހަގަކުރުން: ފިތުރު ޢީދުގެ މުނާސަބަތުގައި އެޗްޑީސީން ބޭއްވި ދިވެހި ސަޤާފީ ހަވީރުގެ ތެރެއިން. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާއި އާއިލާތަކަށް ބޭއްވޭ މަދު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން 


ޢީދު ފާހަގަކުރުން: ފިތުރު ޢީދުގެ މުނާސަބަތުގައި އެޗްޑީސީން ބޭއްވި ދިވެހި ސަޤާފީ ހަވީރުގެ ތެރެއިން. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާއި އާއިލާތަކަށް ބޭއްވޭ މަދު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން 


ޢީދު ފާހަގަކުރުން: ފިތުރު ޢީދުގެ މުނާސަބަތުގައި އެޗްޑީސީން ބޭއްވި ދިވެހި ސަޤާފީ ހަވީރުގެ ތެރެއިން. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާއި އާއިލާތަކަށް ބޭއްވޭ މަދު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް---ފޮޓޯ: ޝަފްރާޒް އަހްމަދު ހުސައިން 



ހާއްސައެހީއަށް ބޭނުންވާ މީހުން:- ތަފާތުގޮތެއްގައި ކުޅެދުންތެރި މީހުން، މުޖުތަމަޢުގެ ނަޒަރު ބަދަލުކުރަނޖެހޭ!

 


ދިވެހި މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ހާއްސަ އެހީއަށްބޭނުންވާ މީހުންނަކީ މެދު ދެކޭގޮތް ބަދަލުކުރަން ޖެހިފައިވާކަމީ ގަބޫލުކރަންޖެހިފަ އޮތް ހަގީގަތެކެވެ.  ގިނަ މީހުން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުއަށް ބުރައަކަށްވާ ބައެކެވެ. ނަމަވެސް، މިއީ ހަގީގަތާ ޚިލާފު ވިސްނުމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ގާބިލުކަން ހުރި، މުޖުތަމަޢުއަށް ފައިދާހުރި ޚިދުމަތްތަކެއް ކުރެވިދާނެ ބައެކެވެ.


"
އަހަރެންނަކީ އެޕިލެޕްސީގެ ބަލި ހުރި މީހެއް. އެކަމަކު އެއީކީ އަހަރެންގެ ހުވަފެންތައް ހާސިލުކުރުމަށް ހުރަހެއް ނޫން. މުޖުތަމަޢުގެ ގިނަ މީހުން ދެކޭގޮތުގައި އަހަރެންނަކީ ނުކުޅެދޭ މީހެއް. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫން. މީހުންގެ ވިސްނުން ބަދަލުކުރަން ޖެހޭ." މިހެން ބުނަނީ 25 އަހަރުގެ ޒުވާނެއް ކަމުގައިވާ އިޖްލާ އެވެ
.

އިޖްލާއަކީ ހިތްވަރުގަދަ، ކެރުންތެރި ޒުވާނެކެވެ. އޭނާގެ ނުކުޅެދުންތެރިކަމަކީ އޭނާގެ ކުރިމަގު ބިނާކުރުމަށް ު ބިނާކުރުމަށް ހުރަހަކަށް ނުވާނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިގައި އެބަހުއްޓެވެ. އޭނާގެ ހުވަފެނަކީ މުޖުތަމައުގައި ކަންކަން ރަނގަޅުކުރާ، ނައްސި ވިސްނުންތައް ފައްސި ވިސްނުމަށް ބަދަލުކުރަން މަަސއްކަތްކުރާ،  އެހެން މީހުންނަށް އަމާން އޮމާން އުފާވެރި ދިރިއުޅުމަކަށް މަގު ކޮށައިދޭ ލައިފް ކޯޗަކަަށްވުމެވެ.  އަދި އެކަން ހާސިލުކުރުމަށް މިހާރުވެސް އޭނާދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ލައިފްކޯޗިން ކޯހެއް އޭނާވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން އއާރްޑީސީގެ އޮފިސަރެއްގެ ވަޒީފާ އޭނާ އަދާކުރަމުންދަނީ، ނުހަނު ގާބިލްކަމާއި އެކުގައެވެ. އިޖްލާގެ ވާހަކައިން އެނގިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމަޢުގެ ނޭދެވޭ ނަޒަރުކަމެވެ. ގިނަ މީހުން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ، އަބަދުވެސް އެހެން މީހުންގެ އެހީއަށް ބޭނުންވާ ބައެކެވެ. ނަމަވެސް މިއީ ހަގީގަތާ އެއްގޮތަކަށްވެސް ދިމާނުވާ ވިސްނުމެކެވެ.

ލީވާންގެ ނޫސްވެރިކަމުގެ ރަން ޒަމާން އަދި އޮތީ ކުރިއަށް!



ރާއްޖޭގެ 'ތަޖުރިބާކާރު ނޫސްވެރިން'ގެ ރަން ޒަމާން ނިމި، ނޫސްވެރިންގެ އައު ޖީލެއް މިއަދު މިވަނީ މަސައްކަތަށް ނިކުމެފައެވެ.

ނޫސްވެރިކަމުގެ ޒަމާނީ ވައްޓަފާޅި ކިޔަވައިގެން، އެތަޖުރިބާކުރަމުން، ނޫސްވެރިކަމުގެ ހަމަތަކާއި މިންތަކުގެ ތެރެއިން އާ ނޫސްވެރިން ވަޒީފާގެ ބާޒާރަށް ނިކުންނަކަމީ، ދޮގުޚަބަރު ފެތުރުން އާއްމުވެފައިވާ މި ޒަމާނުގައި ދިއްލާލެވޭ އުއްމީދުގެ ހުޅުކޮޅެކެވެ. މި ޒުވާން ނޫސްވެރިންގެ ތެރެއިން އެކަކީ މިހާރު 'އަދަދު' ނޫހުގައި މަސައްކަތްކުރާ އައްޑު އަތޮޅަށް އުފަން ލީވާން އަލީ ނަސީރެވެ.

Monday, November 25, 2024

ދިވެހިރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ދައްވުން

ދިވެހިރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. ތާރީޚީ ގޮތުން ބަލާއިރު، ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް މަތިވިނަމަވެސް، އެހެން ގިނަ ޤައުމުތަކެކޭ އެއްފަދައިން، އިޖްތިމާޢީ އިޤްތިޞާދީ އެކިއެކި ކަންތައްތަކުގެ ސަބަބުން ރާއްޖޭގައިވެސް ދަރިމައިވުން ވަނީ ދަށަށް ގޮސްފައެވެ. 

FREEDOM OF EXPRESSION IN THE MALDIVES



Article 19 of the Universal Declaration of Human Rights states that “everyone has the right to freedom of opinion and expression”. While the UDHR was adopted on 10th December 1948, Maldives has ensured the ‘freedom of expression’ as a constitutional right a decade and a half back before the ratification of the UDHR. Article 12 of the first Constitution of the Maldives, ratified on December 22, 1932, says that citizens have the right to express themselves via speech or pen, as long as they are within the boundaries of the law.

It could be argued that Maldives embraced freedom of expression while it was an alien concept to the larger part of the world at that point in time. However – emphasise on this however – this was a right guaranteed mostly only on paper. Freedom of expression was just a word that is included in most of the government official’s speeches and that was the extent to which the concept goes in the Maldives.

ކޭޑީކޭ ޕޮޑްކާސްޓް- ރޮއްވާފަ ލޯތައް މަދަހަ ވާހަކަތަކާއެކު ޖަޒްބާތީ ވާހަކަތަކެެއްް

 

އާދެ ޔުނިވާސިޓީގެ މި ސެމިސްޓަރ ގެ މާމުއި ހަނދުވަރުގެ ދުވަސްތައް ނިމި، މިހާރު މިއޮތީ އެސައިމަންޓުތަކާއި ޖެހިފައެވެ. 

އެގޮތުން ބޮލުގުގައި މި ހިއްސާކޮށްލަނީ އަހަރުމެން ހެދި ގުރޫޕް މަސައްކަތެއްކަމުގައިވާ ޕޮޑްކާސްޓެވެ.

"ކޭޑީކޭ" ގުރޫޕް( ނަންކިޔުނުގޮތް ލިޔެލާނަން) ގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކާލާފައިވަނީ ނިމިދިޔަ ހަފްތާގައި ނެރެވުނު "ރޮއްވާފަ ލޯތައް މަދަހައަށެވެ. މިއީ އެ މަސައްކަތެއްގައި އަހުރެންނަށްވެސް މަސައްކަތްކޮށްލަން ލިބިފައިވާ މަސައްކަތަކަށް ވުމާއި، މަދަހައަކީ "މަންމަ" އަށް ނިސްބަތްކޮށް ހަދާފައިވާ މަދަހައެއްކަމުން ބައިވެރިންނަށްވެސް ވަަރަށް ފުޅާކޮށް ވާހަކަ ދައްކާލެވޭނެކަމަށް ބެލެވޭތީ 




Monday, October 7, 2024

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާ ދަތުރު: ހ


ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ އިންޑިއާއަށް ރަސްމީ ދަތުރެއް ފައްޓަވާފައެވެ. މި ދަތުރަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރެއް ކަމުގައި ފާހަގަކުރެވެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އިޤްތިޞާދީ ގުޅުންތައް އިތުރަށް ފުޅާކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަތަކާ ގުޅޭގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، އެ ޤައުމުގެ ސަގާފަތާއި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ބައްލަވައިލެއްވިއެވެ. ޚާއްޞަކޮށް، އިންޑިއާގެ ޓެކްނޮލޮޖީ ދާއިރާގެ ކުރިއެރުންތަކާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.

މި ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކެއް ސޮއިކުރެވުނެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވެވުނު އެއްބަސްވުންތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި އިތުރު ވަޒީފާގެ ފުރުޞަތުތަކާއި، އިންވެސްޓްމަންޓްތައް އިތުރުވުން ހިމެނެއެވެ.

ޖުމުލަ ގޮތެއްގައި، ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމަށް ފައިދާހުރި ގޮތަށް ކުރިއަށްދިޔަ ދަތުރެއް ކަމުގައި ދެންނެވިދާނެއެވެ. މި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ޔަޤީނެވެ.

ކިޔެވުން ފެށީއެވެ.

އުޅޭއުޅުމުގައި ކުރެވޭ ކަންކަމުން މަރުދުވަހާއި ހަމަޔަށް އޭގެ ވާހަކަ އާއި އަސަރު ދެމިހުންނަ ކަންތައްތައް ކުރެވެއެވެ. ހަމަ އެހެންމެ ހެނދުނަށް ފަރިވެފޮޅިލާ ހަވީރަށް މޯޅިވާ މަލެއްފަދައިން އެކަމެއްގެ އަސަރު ކެނޑޭ ކަންތައްތައްވެސް ކުރެވިފައި ހުރެއެވެ. 

ކޮންމެއަކަސް ދައްކަން މިއުޅެނީ ދެމާނަ ދޭހަވާފަދަ ފަލްސަފީ ވާހަކައެއް ނޫނެވެ.

އަހަންނަކީ ހުސައިން ސަފްރާޒް، ސ. ހިތަދޫ އެވެ. މިއަދު ކުރަން ގަސްތުކޮށްގެ ހުރި ކަންތަށް މި ޕެރެގްރާފުން ފަށައިގަންނަމެވެ. ދުނިޔެއާއި ގުޅުވައިދޭ މި މައި ދޮރާށިން އަހަރެން އަބަދުމެ ފަޙުރުވެރިވާ އަދި އެބަހެއް ނުހަނު ބޮޑަށް އުނގެނެން ބޭނުންވާ މަމެންގެ ދިވެހިބަހުން އަމިއްލަ ލިޔުންތަކެއްލިޔުމުގެ އުންމީދުގައި މި ބޮލޮގްގައި ލިޔަން ފަށައިގަންނަމެވެ. 

އެއްވެސް ޙާލެއްގައި މިކަން މިކުރަންފަށްނީ ދިވެހި ބަހުގައި ފުންނާބު އުސްވެގެނެއްނޫނެވެ. ބުނާތީ އަޑުއަހަމެވެ. ބަސްދިރުވަން ބޭނުންވަނީ މަމެންކަހަލަ ދިވެހި ޒުވާނުންނެވެ. ވައިލެޓްމަލާ، އަސުރުމާ އަދި ޑެއިޒީމާ ފަދަ އަދަބީ މާތައްވެއްޓި މިއަދު މިވަނީ އައު މުޑުވައްތަކަކަށް ބޭނުންވެފައެވެ. 

ލިޔުމަކީ އެއް އިރެއްގައިވެސް މާކުރާހިތަކުން ކުރި ކަމެއްނޫނެވެ. ފަރަންޖީ ބަހާއި ދިވެހި ލެޓިން އަކުރުން ބޮލޮގް ލިޔާތާ މިހާރު 8 އަހަރެއްހާ ދުވަސް ވަނީއެވެ. އެކަމުން އަހަންނަށް އެތަށް ގިނަ ގޮތްގޮތުން ކުރި އެރުމާއި މީހުންގެ ތައުރީފް ލިބުނެވެ. އަދިވެސް ޔަ    ޤީންކަމާއި އެކު ބުނަންނޭނގޭ ކަމަކީ މީހުން އަހަރެންގެ ލިޔުމަށް ތައުރީފް އޮހުރުވާލި ސަބަބުތަކެވެ. އިނގޭހާވެސް ކަމަކީ ސާއިރު ކުރެވުނު ލިޔުންތަށް މީހުން ބަލައިގަތްކަމެވެ. ފަހަރެއްގައި މިއީ އަޅިއަކަށް ވެދާނެއެވެ. އެހެނެއްކަމަކު ހަޤީޤަތްވާނީ ހަޤީޤަތަށެވެ.

ވީމާ މި މައިޒާނަށް ޒިޔާރަތްކުރުމަށް ދައުވަތުއަރުވަމުން މިވަގުތަށް ވަކިވެލަމެވެ. 

އިޙްތިރާމް ގާބޫލުކުރެއްވުންއެދެމެވެ.
އހ